2022 ވަނަ އަހަރު ކުރިޔަށް ގެންދެވުނު ކޮމިއުނިޓީ އޮޑިޓްގެ ރިޕޯޓުތައް ހިއްސާ ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ވަނީ މިނިސްޓްރީ އޮފް ހެލްތް އަދި ނެޝަނަލް ޑްރަގް އޭޖަންސީ އާއި ބައްދަލުކުރެވިފައި. މި ބައްދަލުވުމުގައިވަނީ އޮޑިޓް ޓޫލްއާއި އޮޑިޓުން ފާހަގަކުރެވިފައިވާ ކަންކަމާގުޅޭ މައުލޫމާތު ހިއްސާކުރެވިފައިވޭ. އަދި ހޮސްޕިޓަލްތަކުން ކުޑަކުދިންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތްތަކާއި، މަސްތުވާތަކެއްޗާ ގުޅިގެން ކުޑަކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމުގައި ކުޑަކުދިންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މި އޮޑިޓު މެދުވެރިކޮށް ހިއްސާކުރެވިފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް އޮމްބަޑްސްޕަރސަން ވަނީ އިލްތިމާސްކޮށްފައި.
2022 ވަނަ އަހަރު ކުރިއަށް ގެންދެވުނު ކޮމިއުނިޓީ އޮޑިޓްގެ ރިޕޯޓުތައް ހިއްސާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތް އަދި ނެޝަނަލް ޑްރަގް އޭޖަންސީއާ ކުރެވުނު ބައްދަލުވުމުގެ ތެރެއިން.
Meeting with Ministry of Health and National Drug Agency to share the reports of the community audit conducted in 2022.
28 Feb 2023 - 13:53
28 ފެބްރުއަރީ 2023 - 13:53