ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުވައްމުލައް ސިޓީގައި "ކުދިންގެ ރައުޔު" ފޯރަމެއް ބާއްވައިފި

Children's Ombudsperson's Office holds 'Rauyu forum’ in Fuvahmulah City

31 Oct 2022 - 12:00

31 އޮކްޓޯބަރ 2022 - 12:00

The third forum of the "Kudhinge Rauyu" has been held in Fuvahmulah City today.

The forum was held on October 29, 2022, at Mohammad Jamaluddin School. A total of 101 students from four schools in Fuvahmulah city participated in the forum. These comprise students of Mohamed Jamaluddin School, Dhaalu Atoll Education Center, Hafiz Ahmed School, and Fuvahmulah School.

Through this forum, children from different schools were able to express their views on matters pertaining to children and how they perceive things. At the forum, the students also discussed and gave presentations on 10 different topics related to child rights. In the presentations made by the children, they expressed their views on a variety of issues related to them. After the forum certificates were presented to the students who participated in the forum. 

Kudakudhinge Rauyu Forum has already been held in two cities. The forums were held on May 14, 2022, in Addu City with 98 participants, and on August 20, 2022, in Kulhudhuffushi City with 130 participants.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ "ކުދިންގެ ރައުޔު" ސިލްސިލާ ފޯރަމްގެ ތިންވަނަ ފޯރަމް ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ. މި ފޯރަމް ބޭއްވީ 2022 އޮކްޓޫބަރު 29 ވަނަ ދުވަހު މުޙައްމަދު ޖަމާލުއްދީން ސްކޫލުގައެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ފުވައްމުލަކުގެ 4 ސްކޫލަކުން ޖުމްލަ 101 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. އޭގެތެރޭގައި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނާއި، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި، ހާފިޒް އަޙްމަދު ސްކޫލް ދަރިވަރުންގެ އިތުރަށް ފުވައްމުލަކު ސްކޫލުގެ ދަރިވަރުން ހިމެނެއެވެ.

ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި އަދި އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށް ބާއްވާ ފޯރަމެކެވެ. އެގޮތުން މި ފޯރަމުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައި ވެއެވެ. އަދި ކުދިން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންތަކުގައި އެކުދިންނާއި ގުޅޭ އެކި ކަންކަމުގައި ކުދިންގެ ޙިޔާލާއި މަޝްވަރާ ހިއްސާކޮށްފައި ވެއެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދިޔަ މި ފޯރަމުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. 

ކުދިންގެ ރައުޔު ފޯރަމް މީގެ ކުރިންވެސް ރާއްޖޭގެ ދެ ސަރަހައްދަކަށް އަމާޒުކޮށް ވަނީ ބާއްވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް 2022 މެއި 14 ވަނަ ދުވަހު އައްޑޫ ހައި ސްކޫލްގައި ވަނީ ކުދިންގެ ރައުޔު ފޯރަމެއް ބޭއްވިފައެވެ. އަދި ހދ. އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށް އަމާޒުކޮށް ކުޅުދުއްދުއްފުށި ސިޓީގައި 2022 އޮގަސްޓް 20 ވަނަ ދުވަނީ ކުދިންގެ ރައުޔު ފޯރަމެއް ބޭއްވިފައެވެ.