ހިޔާގައި ބޮޑުވާ ކުދިންނާއި މެދު މުޖްތަމައު ދެކޭ ގޮތް ބަދަލުވާން ޖެހޭ: ނިއުމަތު

Society's perspective towards children growing up in Hiyaa needs to change: Niumaath Shafeeq

08 Jul 2021 - 12:00

8 ޖުލައި 2021 - 12:00

Original article available at  Sangu (sangu.mv)

Children's Ombudsperson, Niumaath Shafeeg, has stated that society's perspective on children in state custody must change when they are reintegrated into society.

Niumaath stated on Sangu TV's "Habarah Fahu" program that the Children's Ombudsperson's Office's work so far has highlighted a lack of community awareness about the Juvenile Justice Act and the Protection of the Rights of Children Act. According to Niumaath, this includes state institutions that work for the welfare of children. 

Niumaath also said that what is most challenging is the fact that different state institutions have different policies which need to be followed however, the policies do not necessarily have the major policies that need to be preceded. Citing an example, Niumaath said that when the victims are taken to the hospital, there are no written records of how to proceed from there. 

Niumaath stated that the protection of children's rights must be done more broadly than simply relying on the law and that it is the responsibility of all state institutions, including the relevant authorities, councils, and health authorities. "This is why problems cannot be solved by solely focusing on one area," she explained.

Niumaath also pointed out that there were serious problems in Kudakudhinge Hiya and that there were major incidents in the vicinity and inside the premises. She added that the Children's Ombudsperson’s Office had visited the shelter six times this year and had sent 17 recommendations stating that it was not the safest environment for children to stay.

"Children should not be confined in any way," she said, pointing out that the state does not take the children into custody because they are not guilty in any way. The state bears a significant responsibility in taking the child into custody and beginning to provide protection, and this goal should not be overlooked. 

According to Niumaath, the country's biggest problem is a lack of competent people, and many children in state custody require a great deal of care and support because they have been subjected to victimization and brought out of it. 

އޮރިޖިނަލް އަރޓިކަލްއަށް އަށް ވަޑައިގަތުމަށް: ހިޔާގައި ބޮޑުވާ ކުދިންނާއި މެދު މުޖްތަމައު ދެކޭ ގޮތް ބަދަލުވާން ޖެހޭ: ނިއުމަތު | Sangu News

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން އަލުން އަނބުރާ މުޖްތަމައުއަށް ނިކުތުމުން އެ ކުދިންނާއި މެދު ބައެއް މީހުން ދެކޭ ގޮތް ތަފާތުކަމަށާއި، މިއީ ބަދަލުވާންޖެހޭ ކަމެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެ އެވެ.

"ސަންގުޓީވީގެ" ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިއުމަތު ވިދާޅުވީ މިހާތަނަށް އޮމްބަޑްސްޕާސަން އޮފީހުން ކުރި މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މުޖްތަމައު ހޭލުންތެރި ނުވުން ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކާ މަސައްކަތް ކުރާ އިދާރާތްތައް ވެސް ހިމެނޭކަން ނިއުމަތު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އުސޫލުތައް ހެދި، އެ ވަކިން ލިޔެވިފައި ހުރި ނަމަވެސް އެއަށް އަމަލު ނުކުރެވޭ ކަމަށެވެ.

ނިއުމަތު ވިދާޅުވީ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެކި އިދާރާތްތަކުގައި ތަފާތު އެކި އުސޫލުތައް ލިޔެވިފައި ހުރުން ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ކޮންމެހެން ހުންނަންޖެހޭ އުސޫލުތަކެއް ނުހުންނަ ކަމަށެވެ. މިސާލެއް ނަންގަވާ ނިއުމަތު ވިދާޅުވީ އަނިޔާގެ ޝިކާރައަކަށްވާ ކުއްޖާ ހޮސްޕިޓަލަކާއި ހަމައަށް ގެންދާއިރު، އޭގެ ފަހުން ތަނުގެ ތެރެއިން އަމަލު ކުރަންވީ ގޮތް ލިޔެވިފައި ނެތް ކަމަށެވެ. އެކަން ނިއުމަތު ފާހަގަކުރީ ހެކި ނެގުމުގެ ބައިތައް އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ނުގެންދެވޭ އެއް ސަބަބެއްގެ ގޮތުގައެވެ.

ނިއުމަތު ވިދާޅުވީ މިއީ މުޖްތަމައުގެ ވަރަށް ގިނަ ފަރުދުންގެ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން އެއީ ހަމައެކަނި ގާނޫނެއްގެ އަތްމައްޗަށް ދޫކުރުމަށްވުރެ ފުޅާދާއިރާއެއްގައި ކުރަންޖެހޭ މަސައްކަތްތަކެއްކަން ފާހަގަކޮށް ނިއުމަތު ވިދާޅުވީ އޭގެ ތެރޭގައި ކަމާއިބެހޭ އިދާރާތްތަކާއި، އާއިލާތައް، ކައުންސިލްތައް އަދި ސިއްހީ އިދާރާތްތަކުގެ އިތުރުން ކޮންމެ މުވައްސަސާއެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ހަމައެކަނި އެއް ބައެއްގެ މައްޗަށް ފޯކަސްކޮށްގެން މައްސަލަތައް ހައްލު ނުކުރެވެނީ އެހެންވެކަމަށް ވެސް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރި އިރު ތަނުގެ ތެރޭގައި ކައިރިކައިރީގައި ބޮޑެތި ހާދިސާތައް ހިނގުމުން އެކަމަށް ވެސް ނިއުމަތު އަލިއަޅުއްވާލެއްވި އެވެ. އަދި ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ ފަރާތުން މި އަހަރުގެ މިހާތަނަށް ހަ ފަހަރެއްގެ މަތީން ހިޔާއަށް ޒިޔާރަތް ކުރިއިރު، އެތަނަކީ އެއީ ކުދިން ބައިތިއްބަން ހިޔާއަކީ އެންމެ ރައްކާތެރި މާހައުލެއް ނޫންކަން ފާހަގަކޮށް 17 ރެކަމަންޑޭޝަނެއް ފޮނުވާފައިވާނެކަމަށް ވިދާޅުވި އެވެ. މިއީ އެއްވެސް އޮޑިޓު ކުރުމެއް ނެތި، ހަމައެކަނި ކުރި ފުރަތަމަ ޒިޔާރަތުން ފެނި ފާހަގަ ކުރެވުނު މައްސަލަތަކެެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ، އެއްގޮތަކަށް ވެސް އެކުދިން ކުށްވެރިވެގެން ނޫންކަން ފާހަގަކޮށް، ކުދިންނަކީ އެއްގޮތަކަށް ވެސް ތަނުގައި ބަންދުކުރެވިފައި ތިބެގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުއްޖާ އާއިލާގެ ބެލުމުގެ ދަށުން ނަގައި، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭން ފެށުން އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެ މަގްސަދު ގެއްލިގެން ނުވާނެކަމަށެވެ.

މިއީ ކޮވިޑުގެ ހާލަތު ނަމަވެސް، ގާނޫނެއް ތަންފީޒު ކުރުމަށް ނުވަތަ ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަށް އެއީ ހުތްޖަތެއް ނޫންކަން ނިއުމަތު ފާހަގަ ކުރެއްވި އެވެ.

ނިއުމަތު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާބިލި ބަޔަކު އައްޔަން ނުކުރެވުން ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ގިނަ ކުދިންނަކީ އަނިޔާތަކެއް ތަހައްމަލުކޮށް، އެ އަނިޔާގެ ތެރެއިން ގެންނަ ކުދިންނަށްވުމާއި އެކު ވަރަށް ބޮޑު އަޅާލުމަކާއި އެހީތެރިކަން ބޭނުންވާނެކަމަށް ނިއުމަތު ވިދާޅުވި އެވެ. އެހެންކަމުން ކޮވިޑުގެ ނަމުގައި ކުއްޖަކަށް ލިބޭ އަނިޔާއަކަށް އިންސާފު ހޯދައިދީ، އެކަމަށް ފިޔަވަޅު އެޅުން އެއްވެސް ވަރަކަށް ލަސްވެގެން ނުވާނެކަމަށެވެ.

މީގެ އިތުރުން ނިއުމަތު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންގެ އަހުލާގީ މައްސަލަތަކެއް އުޅޭކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށެވެ. އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ރަނގަޅު މާހައުލަކަށް ގެންދިއުމުގެ ގޮތުން ދާދިފަހުން ރާއްޖޭގެ ރަށަކަށް ގެންދިއުމުން އެ ރަށުން ދިމާވީ މައްސަލަތައް ފާހަގަކޮށް ނިއުމަތު ވިދާޅުވީ، ޖެންޑާރ މިނިސްޓްރީން ވެސް ރަށުގެ އާއްމުންނަށް ކުދިންނާއި ބެހޭ މައުލޫމާތު ދޭންޖެހޭ ކަމަށެވެ. އަދި އެ ކުދިންނާއި މެދު މުޖްތަމައު ދެކޭ ގޮތް ރަނގަޅުވެ، އެއީ ކުށްވެރިންގެ ގޮތުގައި ދެކުން ހުއްޓާލަންޖެހޭކަމަށް ވިދާޅުވިއެވެ.

ނިއުމަތު ވިދާޅުވީ މީގެ ކުރިން އިސްލާހިއްޔާ ހިންގިއިރު އެ ތަނުން ނިކުންނަ ކުދިންނާއި މެދު ބައެއް މީހުން ޖެހިލުންވި ކަމަށާއި، ކުޑަކުދިންގެ ހިޔާއިން ނިކުންނަ ކުދިންނާއި މެދު އެކަން ތަކުރާރުވެގެން ނުވާނެ ކަމަށެވެ