ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އައު ވެބްސައިޓް ލޯންޗްކޮށްފި

Children's Ombudsperson’s Office launches new website

23 Jan 2023 - 09:50

23 ޖެނުއަރީ 2023 - 09:50

The Children's Ombudsperson's Office has launched its new website today.

The newly launched website features additional functionality and has been designed with user-friendliness in mind for both the general public and children. It is easy to navigate and packed full of useful information. The website serves as a helpful resource, providing information about the services offered by the office, including contact information and the ability to file complaints online. Additionally, users can now send an online message through the website. The website's address is https://oco.mv/.

The new website also includes an English edition, which has been designed to be an information-rich resource. Additional information about child rights, as well as the responsibilities of state institutions and others in relation to child rights, has been added. Additionally, educational materials for children are now available for easy download.

If you wish to file a complaint with the Children's Ombudsperson's office, you can do so by contacting the office's toll-free number, 1656. Alternatively, you can lodge your complaint by calling the phone number 738-9036 of the Investigation and Legal Section of the Office.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އައު ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ. 

ކުރީގެ ވެބްސައިޓާއި ޚިލާފަށް އަލަށް ތައާރަފްކުރި ވެބްސައިޓުގައި ގިނަ ފީޗާތައް އެކުލެވިގެން ވާނެއެވެ. އަދި މި ވެބްސައިޓަކީ އާންމުންނާއި، ކުޑަކުދިންނާ ގުޅޭނެހެން ޒަމާނީ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓެކެވެ. މިފަހަރުގެ ވެބްސައިޓު ފަރުމާ ކޮށްފައި ވަނީ ވެބްސައިޓު ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަށެވެ. އެގޮތުން މި އޮފީހަށް ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާއެކު މައްސަލަ ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އޮފީހަށް އޮންލައިންކޮށް މެސެޖެއް ފޮނުވަން ބޭނުންނަމަ އެކަންވެސް ވެބްސައިޓް މެދުވެރިކޮށް މިހާރު ކުރެވޭނެއެވެ. މި ވެބްސައިޓުގެ އެޑްރެހަކީ https://oco.mv އެވެ. 

އައު ވެބްސައިޓުގައި އިތުރަށް ފާހަގަ ކޮށްލެވެނީ، މި ވެބްސައިޓް ލޯންޗްކޮށްފައިވަނީ ދިވެހި ބަހުގެ އިތުރުން ވެބްސައިޓުގެ އިންގްލިޝް އެޑިޝަނާއެކުއެވެ. އަދި މީގެ އިތުރަށް ކުދިންނާއި ގުޅޭ އެޑިއުކޭޝަން މެޓީރިއަލްތައްވެސް މިފަހަރުގެ ވެބްސައިޓުގައި ހިމެނޭނެއެވެ. އެގޮތުން އޮފީހުގެ ފަރާތުން ކުޑަކުދިންނަށް އަމާޒުކޮށްގެން ޑިޒައިންކޮށްފައިވާ ކުލަ ޖައްސާ ފޮތް ވެބްސައިޓު މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ. އޮފީހުގެ ފަރާތުން މިފަހަރު ލޯންޗްކުރެވުނު ވެބްސައިޓަކީ މައުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމަށްޓަކައި ކުޑަކުދިންގެ ހައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތަކާއި ގުޅިގެން ދައުލަތުގެ އިދާރަތަކާއި އަދި އެހެނިހެން ފަރާތްތަކުގެ މައްޗަށް އަންނަ   ޒިންމާތަކުގެ މައުލޫމާތު ފަސޭހައިން އެނގޭނެހެން ވެބްސައިޓުގައި ހިމަނާފައިވާނެއެވެ. 

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލައެއް ހުށަހަޅަން ބޭނުންނަމަ އޮފީހުގެ ހިލޭ ގުޅޭ ނަންބަރު 1656 އަށް ގުޅައި މައްސަލަ ހުށަހެޅޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. އަދި މީގެއިތުރުން އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ސެކްޝަނުގެ ފޯނު ނަންބަރު 7389036 އަށް ގުޅައިގެންވެސް މައްސަލަ ހުށަހެޅޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.