"ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްޤެއް"

2 އަހަރު ދުވަހުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް

Responsive image

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތަކުގެ ޚުލާޞާ

 

2020

·         އުފެދުނީ 23 ޖުލައި 2020- ޗިލްޑްރަންސް އޮމްބަޑްސް ޕަރޝަން ނިއުމަތު ޝަފީޤު

·         ހުށަހެޅުނު މައްސަލަ

-          2021 ވަނަ އަހަރު 7 މައްސަލައެއް ހުށަހެޅުނެވެ. އޮފީހުގެ އިޚުތިޞާޞް އަށް ނުފެތޭ ތީ 01 ޝަކުވާ ރަޖިސްޓް ރީނުކޮށްވެއެވެ. ރަޖިސްޓްރި ކުރެވުނީ 6 މައްސަލައެވެ.

-          މި 7 މައްސަލަގެ ތެރެއިން 5 މައްސަލައެއް ހުށަހެޅީ އަމިއްލަ ފަރާތްތަކުންނެވެ. އަދި 2 މައްސަލައެއް ހުށަހެޅީ އެންޖީއޯ ތަކުންނެވެ.

·         ޒިޔާރަތްތައް

-          2020 ވަނަ އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ 5 މަރުކަޒަކަށް ޒިޔާރަތްކުރެވުނެވެ.

-          ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޛުކުރާ މިންވަރު ދެނެގަތުމަށްޓަކައި ބޭސްލައިން ސްޓަޑީ މަސައްކަތް ފެށުނެވެ. މިގޮތުން  3 އަތޮޅަކަށް ޒިޔާރަތްކުރެވުނެވެ.

·         އެޑްވޮކަސީ މަސައްކަތް

-          'ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތަޢާރަފް' މިނަމުގައި ލީފްލެޓެއް އަދި 'ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) - ކަމާބެހޭ ފަރާތްތަކުގެ މައި ޒިންމާތައް' މި ނަމުގައި ބުކްލެޓެއް ތައްޔާރުކޮށް 2020 ގައި އަތޮޅު ތެރެއަށް ކުރެވިފައިވާ ޒިޔާރަތްތަކުގައި ލީފްލެޓާއި ބުކްލެޓް މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ވަނީ ދެވިފައެވެ.

-          އޮފީހުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޢުލޫމާތު ޙިއްޞާކުރުމަށް 14 މުއައްސަސާއާ ބައްދަލުކުރެވުނުނެވެ.

·          ކޮމްޕްލަޔަންސް އެންޑް އެންފޯސްމަންޓްގެ މަސައްކަތް

-          މުއައްސަސާތަކުން ޤާނޫނުގައި ބުނާ ކަންކަން ތަންފީޒުކުރުމަށް ދެނެގަތުމަށް ބޭނުންކުރާ ޓޫލްގެ މަސައްކަތްކުރެވުނެވެ.

-          ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޛުކުރާ މިންވަރު ދެނެގަތުމަށްޓަކައި ބ. އޭދަފުށި، ޏ.ފުވައަމުލަކު އަދި ގދ. ތިނަދޫއަށް ޒިޔާރަތް ކުރެވުނެވެ.

·         ޤާނޫނީ މަސައްކަތްތައް

·         ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ދައުލަތުގެ އިދާރާތައް /މުވައްޒަފުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ބޭނުންވާނެ ޤަވާއިދުތަކާއި، އުސޫލުތަކާއި އެސްއޯޕީތައް އެކުލަވައިލުމުގެ މަސައްކަތް ކުރެވުނެވެ.

2021

·         ހުށަހެޅުނު މައްސަލަ

-          2021 ވަނަ އަހަރު ނިމުނުއިރު މި އޮފީހަށް 65 ( 2020 ގެ 6 މައްސަލައާއެކު) މައްސަލައެއް ހުށަހެޅި  އަހަރު ނިމުނު އިރު 38 މައްސަލައެއްވަނީ ނިމި ކަމާގުޅުން ހުރިފަރާތްތަކަށް މައްސަލަ ނިންމުނު ގޮތުގެ ރިޕޯޓް ޙިއްޞާކުރެވިފައެވެ. މީގެ ތެރެއިން 34 މައްސަލައަކީ މި އޮފީހުންގެ ސަމާލުކަމަށް އައިސްގެން އަމިއްލައަށް އިސްނަގައިގެން ކުރިއަށް ގެންދެވުނު މައްސަލަތަކެކެވެ.

-          މި މައްސަލަތައް ދިރާސާކުރުމުގައި ފާހަގަކުރެވުނު ބައެއް ކަންކަން ހުށަހެޅުންތަކެއްގެ ސިފައިގައި ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅިފައިވާނެއެވެ. މި ގޮތުން 38 މައްސަލަ ދިރާސާކޮށް 80 ހުށަހެޅުމެއް ދައުލަތުގެ 11 އިދާރާއަކަށް ހުށަހެޅިފައިވާނެއެވެ.

·         ކޮމްޕްލަޔަންސް އެންޑް އެންފޯސްމަންޓްގެ މަސައްކަތް

-          2021 ވަނަ އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކަށް ޒިޔާރަތްކޮށް އަވަސް ރިޕޯޓްތައް (138 ހުށަހެޅުމާއެކު) މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުން މަޖިލިހުގެ ހިއުމަން ރައިޓްސް ކޮމިޓީއާ ޙިއްޞާކުރެވިފައި ވާނެއެވެ. އަދި މި މި ހުށަހެޅުންތައް ވަނީ ކެބިނެޓާވެސް ހިއްސާކުރެވިފައެވެ.

-          ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބައިތިއްބާ 7 މަރުކަޒަކަށް 2021 ވަނަ އަހަރު މި އޮފީހުންވަނީ ޒިޔާރަތްކޮށްފައެވެ.

-          ހުށައެޅޭ މައްސަލަތައް ބެލުމުގެ ތެރެއިންނާ އަދި އެހެނިހެން ގޮތްގޮތުން ފާހަގަކުރެވިގެން ގުޅުންހުރި މުއައްސަސާތަކުގެ ސްޕޮޓް އޮޑިޓްތައް މި އޮފީހުން ކުރިއަށް ގެންދެއެވެ. މިގޮތުން ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ގުޅިގެން، އެކި ފަހަރުމަތިން އެ މަރުކަޒަށް ޒިޔާރަތްކޮށް ސްޕޮޓް އޮޑިޓްތައް ކުރިއަށް ގެންދެވި، 17 ހުށަހެޅުމެއްވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއާއި، ކުޑަކުދިންގެ ހިޔާގެ އިސް ފަރާތްތަކާ އެކި ފަހަރު މަތިން ހިއްސާކޮށް، އެކަންކަން ކުރުމަށް ބާރުއެޅިފައެވެ.

-          ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޛުކުރާ މިންވަރު ދެނެގަތުމަށްޓަކައި، މާލެ ސިޓީއާ ފުވައްމުލަކު ސިޓީ ހިމެނޭހެން ބޮޑު 6 ރަށަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ބޭސްލައިން ސްޓަޑީ ނިންމައި 2021 ވަނަ އަހަރު ވަނީ ގުޅުން ހުރި ހުރިހާ އިދާރާތަކާއި ހިއްސާކުރެވިފައިވެއެވެ .

·         ޤާނޫނީ މަސައްކަތްތައް

-          ޤާނޫނާއި، ގަވާއިދާއި އުސޫލުތަކާ ގުޅޭ މަސައްކަތްތަކުގެ ތެރެއިން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތަޙުޤީޤު ކުރުމުގެ ގަވާއިދު އެކުލަވާލައި 2021 ވަނަ އަހަރު ވަނީ ޝާއިޢުކުރެވިފައެވެ.

-          'ޤާނޫނު ދިރާސާކުރުމުގެ ތެރެއިން ކުޑަކުދިންލައްވާ މަސައްކަތްކުރުވުން: ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ނަޒަރެއް' މިނަމުގައި ކަރުދާހަކާއި 'ޕެންޑަމިކުގެ ޙާލަތުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން: އިރުޝާދުނާމާ' މިނަމުގައި ކަރުދާހެއް އެކުލަވާލައި ޝާއިޢުކޮށްފައިވާނެއެވެ.

2022

·         އަލަށް އުފެދުނު އޮފީހަކަށްވުމާއެކު މުވައްޒަފުން ހަމަކޮށް އޮފީހުގެ މެންޑޭޓާއި ގުޅޭގޮތަށް ހުރިހާ ޑިޕާޓްމަންޓްތަކުގެ މަސައްކަތް ފެށިގެންދިޔައ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއިން ފެށިގެންނެވެ. މިގޮތުން މި އަހަރުގެ ކުރީކޮޅުން ފެށިގެން އެޑްވޮކަސީ އެންޑް އެވެއަރނެސް ޑިޕާޓްމަންޓާއި، މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޑިޕާޓްމަންޓެއް ހަދައި މަސައްކަތްވަނީ ފެށިފައެވެ.

·         މިއަހަރުގެ ފެބުރުއަރީ މަހު ކުޑަކުދިންގެ ޖަލުތަކަށް ޒިޔާރަތްކޮށް ރިޕޯޓް އެކުލަވާލާ ހިއްސާކުރެވުނެވެ.

·         ހަނގުރާމަވެރި ސަރަޙައްދުތަކުން އެނބުރި ރާއްޖެ އަންނަ ކުޑަކުދިންނާއި މީހުން ރިހެބިލިޓޭޓް ކުރުމަށް ހަދާފައިވާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރަށް މި އަހަރުގެ ފެބުރުވަރީ މަހު ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި ވަނީ އެސެންޓަރުގައި ކުޑަކުދިން ބަލަހައްޓަން ހަމަޖައްސާފައިވާ ސަރަޙައްދާއި ތަންތަން ބައްލަވާލައްވައި، އެތަނުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

·         ކުޑަކުދިންނަށް މަސްތުވާތަކެތީގެ ފަރުވާފޯރުކޮށްދިނުމަށް ނޭޝަނަލް ޑްރަގް އޭޖެންސީން ފޯރުކޮށްދެމުންދާ ސަރވިސް (ކޮމިއުނިޓީ ރިހެބިލިޓޭޝަން ސަރވިސް) ގެ އޮޑިޓް މާރިޗު މަހުގައި ކުރެވުނު.

·         2022 ވަނަ އަހަރު ފެށި ކޮމިއުނިޓީ އޮޑިޓްތަކުގެ ދަށުން މިހާތަނަށް ރާއްޖޭގެ 6 ރަށެއްގެ މުއައްސަސާތައް ވަނީ އޮޑިޓްކުރެވިފައެވެ. ކޮމިއުނިޓީ އޮޑިޓަކީ، ދައުލަތުގެ މުޢައްސަސާތަކުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އދ. ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާގުޅޭ ބައިނަލްއަޤުވާމީ މުއާހަދާ އަދި ކުޑަކުދިންނާއި ގުޅުންހުރި ޤަވާޢިދުތަކަށް ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ އޮޑިޓެކެވެ. މި އޮޑިޓުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ފާހަގަކުރެވޭކަންކަން މި އޮފީހުން ދަނީ ގުޅުންހުރި އިދާރާތަކާ ޙިއްސާކުރަމުންނެވެ.  އަދި މި ހުށައެޅުންތައް ތަންފީޒުކުރެވޭ މިންވަރު ކޮންމެ 3 މަހަކުން ދަނީ މޮނިޓަރކުރަމުންނެވެ.

·         ގާނޫނު ނަންބަރު 2019/19އިން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މަސްއޫލުކުރެވިފައިވާ ކަންކަން ފުރިހަމަކުރުމުގައި މި އޮތޯރިޓީއިން ކުރަމުންގެންދާ މަސައްކަތާ ގުޅިގެން ރިޕޯޓް އެކުލަވާލާ ހިއްސާކުރެވުނެވެ.

·          ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ މި ޤާނޫނު ތަންފީޛުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމާގުޅުން ހުރި މުއައްސަސާތަކާއި ދައުލަތުގެ ވުޒާރާތަކުގެ އިސް ބޭފުންނާ ބައްދަލުކޮށް، އެޑްވޮކަސީގެ ނަމުގައި މަސައްކަތްތަކެއްފަށައި ގިނަ މުއައްސަސާތަކަކާއި މިއަހަރުގެ މިހާތަނަށްވެސް ވަނީ ބައްދަލުކުރެވިފައެވެ.

·         ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެކުދިންގެ ރަޢުޔު ހޯދުމަކީ ޤާނޫނުން ބާރުއަޅާ މުހިއްމުކަމެކެވެ. މިކަން ތަންފީޒުކުރުމައްޓަކައި، މިއަހަރު ވަނީ "ކުދިންގެ ރަޢުޔު" މިނަމުގައި ޔުނިސެފާއާއި ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފޯރަމްތަކެއް ބާއްވަން ފަށާފައެވެ. ސިލްސިލާކޮށް ބާއްވާ މި ފޯރަމަކީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ސާނަވީއާ މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ކުޑަކުދިންގެ ޙައްޤުތަކަށް ހޭލުންތެރިކުރުމަށް ބާއްވާ ފޯރަމެކެވެ. ފޯރަމްގެ ހުރިހާ ބައިތައްވެސް ކުދިންގެ އިސްނެގުމާއެކު ހިންގާ މި ޙަރަކާތް އައްޑޫ ސިޓީގެ ސްކޫލްތަކަށް ޚާއްސަކޮށްގެން ހިންގާފައިވާއިރު، އަންނަ މިއަހަރުގެ އޮގަސްޓް މަހުގައި ހދ. އަދި ހއ. އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގުމަށް ހަމަޖެހިފައިވެއެވެ.

·         ކުޑަކުދިންގެ ހައްޤުތަކަށް މީޑިއާގެ ފަރާތްތަކާއި، ކައުންސިލަރުން، ބެލެނިވެރިން އަދި ސްކޫލް ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން 2022 ހިންގި އެކި އެކި ހަރަކާތްތަކުގައި ޖޫންމަހުގެ ނިޔަލަށް 403 ފަރާތަކަށް މައުލޫމާތު ދެވިފައިވެއެވެ. އަދި މި އަހަރު އަތޮޅު ތެރޭގައި ކުރިއަށް ގެންދެވުނު ކޮމިއުނިޓީ އޯޑިޓް ދަތުރުތަކުގައި، ބޭއްވި ސްޓޭކްހޯލްޑަރ ވޯކްޝޮޕް މެދުވެރިކޮށް ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނާއި އޯޑިޓް ޓޫލަށް 146 މީހަކު ހޭލުންތެރިކުރެވިފައިވާނެއެވެ. މީގެ އިތުރުން މިއަހަރު ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ހަވީރުގައި 12 މުވައްސަސާއަކުން ބައިވެރިވެފައިވެއެވެ. އަދި މި ހަވީރަށް 3000 އަށްވުރެ ގިނަ ކުޑަކުދިންނާއި ބެލެނިވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ފަހުގެ ލިޔުންތައް


 1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުވައްމުލައް ސިޓީގައި "ކުދިންގެ ރައުޔު" ފޯރަމެއް ބާއްވައިފި
  ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-10-31

 2. ބޭސްލައިން ރިޕޯޓް ސަމަރީ
  ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-09-19

 3. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި
  ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-09-18

 4. ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
  ބާވަތް: އަންދާސީ ހިސާބު - ޕަބްލިސް ކުރީ: 2022-08-08

 5. މީޑިއާ އޮފިސަރ
  ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-08-04

 6. މަގާމު: ކޮމްޕްލަޔަންސް އޮފިސަރ
  ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-07-31

 7. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
  ބާވަތް: އުސޫލު - ޕަބްލިސް ކުރީ: 2022-07-31

 8. 2 އަހަރު ދުވަހުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް
  ބާވަތް: ހަރަކާތްތައް - ޕަބްލިސް ކުރީ: 2022-07-23

 9. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު 1656 އިފްތިތާހުކޮށްފި
  ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-07-23

 10. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ޤަވާއިދު
  ބާވަތް: ޤާނޫނުތަކާއި ގަވާއިދުތައް - ޕަބްލިސް ކުރީ: 2022-07-17