"ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްޤެއް"

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި

Responsive image

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ލާޒިމްކުރާ ކަންކަން ތަންފީޒުކުރުމަށް ކުރަމުންދާ ތަފާތު މަސައްކަތްތަކުގެ ދަށުން، މި އޮފީހާއި ޔުނިސެފާއި ގުޅިގެން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފިއެވެ. 

 

ދެ ދުވަހުގެ މުއްދަތައް ކްރޮސްރޯޑްގައި ކުރިއަށް ގެންދިޔަ މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހެވެ. މި ރަސްމިއްޔާތުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤުގެ އިތުރުން، ޔުނިސެފްގެ ޑެޕިއުޓީ ރެޕްރެޒެންޓަޓިވް ޕައުލޯ ސަސާރޯ އަދި ޔުނިސެފްގެ ޗައިލްޑް ޕްރޮޓެކްޝަން ރީޖަނަލް އެޑްވައިޒަރ އަމަންޑާ ބިސެކްސްވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މީގެ އިތުރަށް ކުޑަކުދިންގެ މަސްލަޙަތަށް މަސައްކަތްކުރާ ދައުލަތުގެ މުޢައްސަސާތަކުގެ އިސްވެރިންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާޢި، ސްކޫލް ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ.

 

މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މަހާސިންތާގައި ޔުނިސެފް އާއި، ކުޑަކުދިންގެ ފަރާތުން ހުށަހަޅާ ކަރުދާހެއްގެ އިތުރުން ސަރުކާރުގެ ކަމާގުޅުންހުރި އަށް އިދާރާއަކުން ކަރުދާސް ހުށަހަޅާފައި ވެއެވެ. އެގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް ހެލްތްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުންވަނީ ކަރުދާސް ހުށަހަޅާފައެވެ. މީގެއިތުރުން، "އިޓް ޓޭކްސް އެން އައިލެންޑް ޓް ރެއިޒް އަ ޗައިލްޑް" މި ނަމުގައި ޕެނަލް ޑިސްކަޝަންއެއް މި ސިމޯޒިމްގައިވަނީ ކުރިއަށް ގެންގޮސްފައެވެ. 

 

މި މަހާސިންތާގެ މަޤްސަދަކީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކަމާގުޅުންހުރި ޢިދާރާތައް ހޭލުންތެރިކުރުވައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި ޖަވާބުދާރީވުން ހަރުދަނާ ކުރުމެވެ. އެގޮތުން މި މަހާސިންތާގެ ތެރެއިން މުއައްސަސާތަކުގެ މަސައްކަތް ބައްޓަންކުރުމުގައި ކުޑަކުދިންގެ މަސްލަހަތަށް އިސްކަންދިނުމުގެ ރޫހު އާލާކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވުނެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ޙައްޤުތަކާއި ގުޅޭގޮތުން މަސައްކަތްކުރާ މުއައްސަސާތަކަށް އެ މުއައްސަސާތުގެ ތަޖުރިބާގެ އަލީގައި، ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ލިބިގެންދިއުމާއި، ކުދިންނާއި ގުޅުންހުރި ކަންކަން ނިންމުމުގައި ކުދިންގެ ހިޔާލާއި މަޝްވަރާ ޙިއްސާ ކުރެވިގެން ދިޔައެވެ. ހަމައެހެންމެ ކުޑަކުދިންގެ ޙައްޤުތައް ރައްކަތެރިކުރުމުގެ ނިޒާމްގައި ހަރަކާތްތެރިވާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމް ހަރުދަނާކުރުމާއި ގުޅޭގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރެވުނެވެ.

ފަހުގެ ލިޔުންތައް


  1. ބޭސްލައިން ރިޕޯޓް ސަމަރީ
    ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-09-19

  2. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-09-18

  3. ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
    ބާވަތް: އަންދާސީ ހިސާބު - ޕަބްލިސް ކުރީ: 2022-08-08

  4. މީޑިއާ އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-08-04

  5. މަގާމު: ކޮމްޕްލަޔަންސް އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-07-31

  6. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
    ބާވަތް: އުސޫލު - ޕަބްލިސް ކުރީ: 2022-07-31

  7. 2 އަހަރު ދުވަހުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް
    ބާވަތް: ހަރަކާތްތައް - ޕަބްލިސް ކުރީ: 2022-07-23

  8. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު 1656 އިފްތިތާހުކޮށްފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-07-23

  9. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ޤަވާއިދު
    ބާވަތް: ޤާނޫނުތަކާއި ގަވާއިދުތައް - ޕަބްލިސް ކުރީ: 2022-07-17

  10. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
    ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-05-24