Our Story

The Children’s Ombudsperson’s Office was established in accordance with Article 113 of Act no. 19/2019 (Child Rights Protection Act). The functioning of the office officially began on July 23, 2020, after President appointed Niumaath Shafeeq as the Children's Ombudsperson. The office was established to monitor the implementation of Act no. 19/2019 by the relevant state institutions. The office also encourages the state institutions concerned to assess the effectiveness of the Child Rights Protection Act and take all necessary steps to implement it. The Children's Ombudsperson’s Office oversee all matters related to children’s rights and asses government compliance with the provisions of the Child Rights Protection Act.

Our Mission

To ensure all state institutions and employees mandated to protect the rights of children in the Maldives adhere to the laws, regulations and conventions. To investigate and attend to cases regarding children in a responsive manner and review without bias

Our Vision

To Ensure every child grows up with protection and their rights guaranteed without any discrimination. 

Core Values

Legal Responsibilities

  • Monitor and enforce all state institutions to ensure that they adhere to the Child Rights Protection Act.
  • Monitor and enforce all state institutions to ensure that they adhere to UNCRC.
  • Monitor and evaluate the performance of state institutions and employees under the purview of the Child Rights Protection Act.
  • Investigate and review actions of state institutions and employees, concerning the rights and welfare of the child. 

އުފެދިގެން އައިގޮތް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ،  ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ ދަށުން، އުފައްދާފައިވާ މިނިވަން މުސްތަޤިއްލު އިދާރާއެކެވެ.  މިއޮފީހުގެ މަސައްކަތްތައް ރަސްމީކޮށް ފެށިފައިވަނީ 23 ޖުލައި 2020 ގައި، ރައީސުލްޖުމްހޫރިއްޔާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީޤު އައްޔަނުކުރެއްވި ފަހުންނެވެ. މި އޮފީސް އުފެދިފައިވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ތަންފީޛުކުރާ މިންވަރު މޮނިޓަރ ކުރުމަށެވެ. އެގޮތުން ދަޢުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ އެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް މި އޮފީހުން ބާރުއަޅާނެއެވެ.

ތަޞައްވަރު

ކޮންމެ ކުއްޖަކީ، އެ ކުދިންނަށް ލިބެންޖެހޭ ޙައްޤުތަކާއި، ހިމާޔަތާއި، ރައްކާތެރިކަން، އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ލިބިގެން ބޮޑެތިވާ ކުދިބަޔަކަށްވުން.

އަމާޒު

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ ދަޢުލަތުގެ އެންމެހައި އިދާރާތަކުންނާއި މުވައްޒަފުން ކަމާބެހޭ ޤާނޫނާއި ގަވާއިދުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރަމުންދާކަން ކަށަވަރުކޮށް، ކުޑަކުދިންނާއި ގުޅިގެން ހުށަހެޅޭ ޝަކުވާތައް އީޖާބީ ގޮތެއްގައި އަޑުއަހައި، މައްސަލަތައް ތަޙްޤީޤުކޮށް، ވަކި ފަރާތަކަށް ބުރަވުމަކާނުލައި، މުޠާލިޢާކުރުން.

ޤަބޫލުކުރާ ހަމަތައް

މަސްއޫލިއްޔަތު

 

  • ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ އެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުން.
  • ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުން.
  • ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުން.