އާންމުކުރާ މައުލޫމާތު
Proactive Disclosure
This information is made public under Section 37 of the Right to Information Act, 1/2014.
1. Legal Responsibilities
- Monitor and enforce all state institutions to ensure that they adhere to the Child Rights Protection Act.
- Monitor and enforce all state institutions to ensure that they adhere to UNCRC.
- Monitor and evaluate the performance of state institutions and employees under the purview of the Child Rights Protection Act.
- Investigate and review actions of state institutions and employees, concerning the rights and welfare of the child.
6. Details of how documents are managed
The Administrative Regulation of the Office of the Children's Ombudsperson's Office and SOP No. INV-R/2022/01 of this Office states that this office is required to maintain documents in connection with various matters.
8. Nature of general publications
- Annual Reports
- Statistics
- Research Reports
- Audit Reports
- Policies
- Rules and Regulations
- Other Publications
9. Procedure to follow to request for information
Section 11 of SOP No. INV-R/2022/01 states the following ways, a complaint can be filed with the Children's Ombudsperson's Office.
(a) Complaint form
(b) by sending a letter to the office.
(c) call the official phone number of the office or the phone number dedicated to filing a complaint.
(d) Visit us
(b) by mailing it to a special mail ID to file a complaint via e-mail.
(l) An arrangement has been made for filing complaints through the office website through Rule No. /2022/01R-INV 8.
14. The manner in which suggestions and criticisms on decision-making can be exercised by the public
-
22. Mechanisms for supervision and accountability
Section 21 of the Child Protection Act, 2019 states
(l) The Children's Ombudsperson appointed under this article shall be answerable to parliament for the problems in discharging his duties and the outcome of the ongoing investigations.
(a) The Office of the Children's Ombudsperson is an independent institution. The state should provide the resources and staff required to perform the duties of a children's ombudsperson.
މިއީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރާ މައުލޫމާތެވެ.
1. މަސްއޫލިއްޔަތު
- ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ އެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުން.
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުން.
- ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުން.
3. ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް
ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ އެކާވީސް ވަނަ ބާބު (ޗިލްޑްރަންސް އޮމްބަޑްސްޕަރސަން) މާއްދާ 115 (ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްޢޫލިއްޔަތުތައް)ގައިވާ ކަންކަން ތަންފީޛުކުރުމުމަށް ދައުލަތުގެ އިދާރާތަކާ ގުޅޭގޮތުން ރައްޔިތުން މި އޮފީހަށް ޝަކުވާހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވޭ އަދި އެޝަކުވާތައް ތަޙްޤީޤްކޮށް، މޮނިޓަރކޮށް، ދިރާސާކޮށް، އޮޑިޓްކުރުމުގެ މަސައްކަތާއި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)އާއި އެ ޤާނޫނާ ގުޅުންހުރި ކަންކަމަށް ރައްޔިތުން އަހުލުވެރިކުރުވައި މަޢުލޫމާތު މި އޮފީހުން ހިއްސާކުރަމުންދެއެވެ.
6. ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާގޮތް
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހުގެ އިދާރީ ގަވާއިދާއި މި އޮފީހުގެ އުޞޫލު ނަންބަރު INV-R/2022/01 ގައި މި އޮފީހުން އެކި ކަންކަމާ ގުޅިގެން ލިޔެކިޔުން ބަލަހައްޓަންޖެހޭކަންކަން ބަޔާންކޮށްފައިވޭ.
8. އާންމުކޮށް ޕަބްލިޝްކުރާ މަޢުލޫމާތުގެ ބާވަތް
- އަހަރީ ރިޕޯޓް
- ތަފާސް ހިސާބު
- ދިރާސާ ރިޕޯޓް
- އޮޑިޓް ރިޕޯޓް
- އުސޫލްތައް
- ޤާނޫނާއި ޤަވާއިދު
9. މަޢުލޫމާތައް އެދުމުގައި ޢަމަލުކުރަންވީ އުސޫލު
މި އޮފީހުގެ އުޞޫލު ނަންބަރު INV-R/2022/01 ގެ މާއްދާ 11 (މައްސަލަ ހުށަހެޅޭނެ ގޮތް)
ތިރީގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅިދާނެއެވެ.
(ހ) މައްސަލަ ހުށަހަޅާ ރަސްމީ ފޯމުން.
(ށ) ސިޓީ ނުވަތަ ލިޔުން އޮފީހަށް ފޮނުވައިގެން.
(ނ) އޮފީހުގެ ރަސްމީ ފޯނު ނަންބަރަށް ނުވަތަ މައްސަލަ ހުށަހެޅުމަށް ޚާއްޞަކޮށްފައިވާ ފޯނު ނަންބަރަކަށް ފޯނުން ގުޅައިގެން.
(ރ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހާޒިރުވެގެން.
(ބ) އީ-މެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް ޚާއްޞަ މެއިލްއައިޑީއަކަށް މެއިލްކޮށްގެން.
(ޅ) އޮފީހުގެ ވެބްސައިޓު މެދުވެރިކޮށް
މީގެ އިތުރުން، ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން އެ ޤާނޫނުގައި ބަޔާންކުރާ މި އޮފީހުގެ މަޢުލޫމާތު ހޯދުމަށް އެދެވޭނެ.
13. ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ނިންމާފައިވާ ނިންމުންތައް
ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ އެކާވީސް ވަނަ ބާބު (ޗިލްޑްރަންސް އޮމްބަޑްސްޕަރސަން) މާއްދާ 115 (ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްޢޫލިއްޔަތުތައް)ގައިވާ ޒިންމާތައް އަދާކުރުމުގައި ބަލަނީ ދައުލަތުގެ އިދާރާތަކުންނާއި އެ އިދާރަތާތަކުގެ މުވައްޒަފުން ކުރާ މަސައްކަތްތައްކަމަށްވާތީ މި އޮފީހުން ނިންމާ ނިންމުންތަކަކީ ސީދާގޮތުން ދައުލަތުގެ ކަމާގުޅޭ އިދާރާތަކަށް ރައްދުވާކަންކަން.
14. ރައްޔިތުންގެ ޚިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށެއެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް
ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ އެކާވީސް ވަނަ ބާބު (ޗިލްޑްރަންސް އޮމްބަޑްސްޕަރސަން) މާއްދާ 115 (ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްޢޫލިއްޔަތުތައް)ގައިވާ ޒިންމާތައް އަދާކުރުމުގައި ބަލަނީ ދައުލަތުގެ އިދާރާތަކުންނާއި އެ އިދާރަތާތަކުގެ މުވައްޒަފުން ކުރާ މަސައްކަތްތައްކަމަށްވާތީ މި އޮފީހުން ނިންމާ ނިންމުންތަކަކީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކަށް ސީދާގޮތުން ރައްދުވާކަންކަން.
22. އިދާރާ ޒިންމާދާރު ކުރުވުން ރޭވިފައިވާ ގޮތް
ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ އެކާވީސް ވަނަ ބާބު (ޗިލްޑްރަންސް އޮމްބަޑްސްޕަރސަން) 113 ވަނަ މާއްދާ (ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ޢައްޔަންކުރުން)
(ޅ) މި މާއްދާގެ ދަށުން ޢައްޔަންކުރެވޭ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަޙްޤީޤުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީވާނީ ރައްޔިތުންގެ މަޖިލީހަށެވެ.
(ކ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، މިނިވަން މުސްތަޤިއްލު އިދާރާއެކެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.