އެޑްވޮކަސީ އެންޑް އެވެއަރނެސް ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން  ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އަދާ ކުރަންޖެހޭ މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން،  ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެޑްވޮކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ދެނެގަނެ އެކަންކަން ރާވައި އިންތިޒާމްކޮށް ހިންގުމެވެ. މީގެތެރޭގައި ކުޑަކުދިންގެ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުޑަކުދިންނަށް ބާއްވާ ފޯރަމްތަކާއި، ގުޅުންހުރި ޢިދާރާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕްތައް އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. 

އަދި  އޮފީހުގެ ފަރާތުން މީޑިއާއަށް ދޭންޖެހޭ މަޢުލޫމާތު ތައްޔާރުކޮށް މީޑިއާތަކަށް ފޮނުވުމާއި، އޮފީހުގެ ވެބްސައިޓާއި މީސްމީޑިއާ އެކައުންޓްތައް ބެލެހެއްޓުމުގެ އިތުރުން ޤާނޫނު ނަންބަރު 01/2014 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން މިއޮފީހުން އެކިފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިސްވެ ދެންނެވުނު ކަންކަމާގުޅޭ އެންމެހާ ރެކޯޑުތައް ތަރުތީބުކޮށް ބެލެހެއްޓުން މިޑިޕާޓްމަންޓުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.