ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް އިދާރީ ގޮތުން ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ ޑިޕާޓްމަންޓެވެ. އޮފީހަށް ޤާނޫނުން ލާޒިމުކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އޮފީހުގެ ޑިޕާޓްމަންޓްތަކަށް ފޯރުކޮށްދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތެވެ. ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތްތައް ތިރީގައި އެވަނީއެވެ.

އެޑްމިނިސްޓްރޭޝަން އެންޑް ބިއުރޯ

  • ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ދުވަހުގެ ޝެޑުލް އަދި ބައްދަލުވުންތައް ރާވާ ޔައުމިއްޔާތައް ބެލެހެއްޓުން
  • އޮފީހުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޮރުކޮށްދިނުން.
  • އޮފީހުގެ އަހަރި ރިޕޯޓްލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް އޮންނަ މުއްދަތުގައި ފޮނުވުން.
  • އޮފީހަށް ލިބޭ ލިޔެކިޔުންތަކާއި ތަކެތީގެ ރެކޯޑުތައް ބެލެހެއްޓުން.
  • ފޮޅާ ސާފުކުރުމާއި، އޮފީހުގެ ފަރާތުން އެހެން އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުން ރައްދުކޮށްދިނުން.

ފައިނޭންސް

  • އޮފީހުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި އޮފީހަށް ލިބޭ ފައިސާއާއި ޚަރަދުގެ މާލީ ހިސާބުތައް ތައްޔާރުކުރުން.
  • އޮފީހުން ހޯދާ މުދަލާއި ޚިދުމަތްތަކުގެ ބިލްތަކަށް ފައިސާ ދައްކަމުން ގެންދިއުން.
  • އޮފީހަށް ލިބޭ ފައިސާ އަދި ޕެޓީ ކޭޝް ރައްކާތެރިކަމާއެކު ގެންގުޅުން.
  • ހިލޭ އެހީގެ ގޮތުގައި އޮފީހަށް ލިބޭ ފައިސާގެ ފަންޑުތައް ބެލެހެއްޓުން

ޕްރޮކިއުމަންޓް

  • އޮފީހަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުން.
  • އޮފީހުގެ ހަރުމުދަލާއި ސްޓޮކް ބެލެހެއްޓުން.

ހިއުމަންރިސޯސަސް

  • އޮފީހުގެ ވަޒީފާތަކަށް މީހުން ހަމަޖެއްސުމާއި ވަކިކުރުމުގެ އެންމެހާ މަސައްކަތްތައް.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.
  • މުވައްޒަފުންގެ މުސަރައާއި އިނާޔަތްތައް ތައްޔާރުކޮށް ހިސާބުކުރުން.
  • މުވައްޒަފުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ތައްޔާރުކޮށް ތަންފީޒުކުރުން.
  • މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ ތަމްރީނު ދިނުން.