މި ޑިޕާޓްމެންޓުގެ މައިގަނޑު މަސައްކަތަކީ ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 115 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙްޤީޤުކޮށް، މައްސަލައަކާ ގުޅިގެން ދައުލަތުގެ އިދާރާއަކަށް އިރުޝާދާ ލަފާ ދޭންޖެހޭނަމަ، އެ އިދާރާއަކަށް އިރުޝާދާއި ލަފާ ދިނުމެވެ. އަދި މި އޮފީހުގެ އެކި ޑިޕާޓްމަންޓްތަކަށް ޤާނޫނީ ލަފާ ބޭނުންވާހިނދު، ޤާނޫނީ ލަފާ ފޯރުކޮށްދިނުމާއި، ލީގަލް ރިވިއުތައް އެކުލަވާލުމާއި، ޤާނޫނީ ގޮތުން ކުރަންޖެހޭ ދިރާސާތައްކުރުމާއި، މި އޮފީހުގެ ފަރާތުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި، އުޞޫލުތައް އެކުލަވާލުމާއި، ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލުގައި މި އޮފީސް ތަމްސީލު ކުރަންޖެހިއްޖެ ޙާލަތެއްގައި އެތަންތަނުގައި އޮފީސް ތަމްސީލު ކުރުމެވެ.