މި ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމަށްޓަކައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ޗައިލްޑް ރައިޓްސް އޮޑިޓުތަކުން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް ހިއްސާކުރެވޭ ހުށަހެޅުންތަކާއި، އެ މާއްދާގެ (ނ)ގެ ދަށުން ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާކަންކަންކުރުމާއި، ހަމަ މި މާއްދާގެ (ރ) ގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަޙްޤީޤުކުރާ މައްސަލަތަކުން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް ދައުލަތުގެ އިދާރާތަކަށް ދެވޭ އިރުޝާދާއި ލަފާ ތަންފީޛުކުރާ މިންވަރު މޮނިޓަރކޮށް އިވެލުއޭޓްކުރުމެވެ.

މީގެ އިތުރުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށް ގެންދާ ދިރާސާތައް އެކުލަވާލުމާއި، ދިރާސާތަކުގެ އަލީގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭކަންކަންކުރުން މި ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.