އިޢުލާން ނަންބަރު 483/1/2023/3(IUL) - ފައިލް ބަހައްޓާ ކެބިނެޓް ޖަހާދޭނެ ފަރާތެއް ހޯދުން.
Announcement no: (IUL)483/1/2023/3
މި އޮފީހުން ދޭ ކުރެހުމާއި އެއްގޮތަށް 05 (ފަހެއް) ފައިލް ބަހައްޓާ ކެބިނެޓް ޖަހާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާއި އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް، ތިރީގައި މި ދަންނަވާ ތާރީޚަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް،
މ. ފިނިފަރު، 12 ވަނަ ފަންގިފިލާ،
މަޖީދީ މަގު، މާލެ
ތާރީޚް: 21 ފެބުރުވަރީ 2023
ގަޑި: 11:00
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 7960440 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
13 ފެބުރުވަރީ 2023