ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޓްރޭނިންގއެއް ކުރިއަށްގެންގޮސްފި
Media training held for the staff of PSM
-
ޕަބްލިކް ސަރވިސް މީޑިއާގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އެއް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. 31 ޖަނަވަރީ 2024ގައި، ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އަހުލުވެރިކުރުމާއި، ދިވެހިރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްޢޫލިއްޔަތުތަކަށް އަހުލުވެރިކުރުން ހިމެނެއެވެ. މީގެއިތުރުން، ކުޑަކުދިންނާ ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގައި އަމަލުކުރަންޖެހޭ އުސޫލްތަކަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުވުމާއި، 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވާލައިފައިވާ ކުޑަކުދިންގެ މައުލޫމާތު އާންމުކުރުމާ ގުޅޭ އުސޫލަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުވުމާއި، މީޑިއާ މެދުވެރިކޮށް ކުޑަކުދިންގެ ޙައްޤުތަކަށް ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅިގެން މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރުންވެސް މި ޕްރޮގްރާމްގެ މަޤްޞަދުތަކުގެތެރޭގައި ހިމެނެއެވެ. ޕީ.އެސް.އެމްގެ ޖުމްލަ 16 މުވައްޒަފުންނާއެކު، ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ އިދާރާގެ ޓީވީ އަދި ރޭޑިއޯ ޕްރޮޑަކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، ނިއުސް ރޫމް، ކޮންޓެންޓް، އަރކައިވް އަދި އެޗް.އަރގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.