ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ހުޅުމާލޭގެ ޘާނަވީ ސްކޫލުތަކުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް ކުރިއަށްގެންގޮސްފި
Activities conducted to the parents and teachers of Hulhumale' schools
-
ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހުޅުމާލޭގެ ސްކޫލުތަކަށް ކުރިއަށް ގެންގޮސްފިއެވެ. މި ޙަރަކާތްތަކުގެ ތެރޭގައި، ހުޅުމާލޭގެ ސްކޫލުތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހުރަވީ ސްކޫލުގައި 1 ފެބުރުވަރީ 2024ގައި ސެޝަންއެއް ކުރިއަށްގެންގޮސްފައިވެއެވެ. ޗިލްޑްރަންސް އޮމްބަޑަސްޕަރސަން، ނިޢުމާތު ޝަފީޤް ނަންގަވައިދެއްވި މި ސެޝަންގައި "ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން" ނަގާނެ ގޮތާއި، ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުމާގުޅޭ މަޢުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދެވުނެވެ. އަދި ކުއްޖެއްގެ ޙައްޤެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެކަން ރިޕޯޓް ކުރާނެ ފަރާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.
ހުޅުމާލޭގެ ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި، ހުޅުމާލޭގައި ހުރި ޘާނަވީ ސްކޫލުތަކުގެ މުދައްރިސުނަށް، "ޕްރެކްޓިސިންގ ޗައިލްޑް ރައިޓްސް" ގެ ނަމުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން މުދައްރިސުން ހޭލުންތެރިކުރުމަށް 3 ފެބުރުވަރީ 2024ގައި އެއް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ވަނި ކުރިއަށްގެންގޮސްފައެވެ. މި ތަމްރީން ޕްރޮގްރާމްގައި، ހުޅުމާލޭގެ ޘާނަވީ ތަޢުލީމުދޭ 5 ސްކޫލެއްގެ މުދައްސުން ބައިވެރިވެފައިވެއެވެ. އެގޮތުން، ހުޅުމާލޭގެ 5 ސްކޫލެއްކަމުގައިވާ، ޞަލާޙުއްދީން ސްކޫލް، ރެހެންދި ސްކޫލް، ހުރަވީ ސްކޫލް، ޣާޒީ ސްކޫލް އަދި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގައި މަސައްކަތްކުރައްވާ މުދައްރިސުންގެ ތެރެއިން ޖުމްލަ 56 މުދައްރިސުން ބައިވެރިވެފައިވެއެވެ. މި ސެޝަނުގެ ތެރެއިން "ބެސްޓް އިންޓްރެސްޓް އޮފް ދަ ޗައިލްޑް"، "ޗައިލްޑް ރައިޓްސް ބޭސްޑް އެޕްރޯޗް" އަދި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންގުރި ޤާނޫނުތައް އަދި ތައުލީމީ ދާއިރާގައި ކުޑަކުދިންނާ ގުޅޭގޮތުން ހަދާފައިވާ އެކިއެކި އުސޫލްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ އެކަން ޢަމަލީގޮތުން ބޭނުންކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވިފައި ވެއެވެ.