ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުދިންގެ މާކެޓް ފެއާ އެއް ބާއްވައިފި

Children's ombudsperson ge office in kudakudhinge dhuvahaa gulhigen fair eh baavvaifi

11 May 2025 - 10:20

11 މެއި 2025 - 10:20

ގައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ކުޑަކުދިންނަށް އަމާޒުކޮށްގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން "ޔަންގ އެންޓަޕްރެނިއާ ފެއާ" ގެ ނަމުގައި ފެއާ އެއް ބާއްވައިފި އެވެ. 

އުމުރުން 11 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މި ފެއާ އަކީ، ކުޑަކުދިންގެ މެދުގައި އަމިއްލަ އުފެއްދުންތެރިކަމާއި ވިޔަފާރި ވިސްނުން ފުޅާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ފެއާ އެކެވެ. ސައުވީސް ސްޓޯލަކުން ސާޅީހަށްވުރެ ގިނަ ކުދިން ބައިވެރިވި މި ފެއާގައި ތަފާތު ހުނަރުތަކެއް ފެނިގެންދިޔަ އެވެ. 

މި ފެއާގައި ކުދިން ބައިވެރިކުރި ތަކެތީގެ ތެރޭގައި، އަމިއްލަ އަށް ތައްޔާރުކޮށް ނެރެފައިވާ ފޮތްތަކާއި، ސެކަންޑް ހޭންޑް ފޮތާއި، ޓައި ޑައި ޓީޝާޓާއި، ތަފާތު ވައްތަރުގެ ޕޭސްޓްރީ އާއި، މިނާ އަމުނައިގެން ހަދާ ގަހަނާ އާއި އެކި ސްޓައިލްގެ އާޓް އުފެއްދުންތަކާއި ގޭމިން އާއި ޓެކްނޮލޮޖީގެ ހިދުމަތްތައް ހިމެނެ އެވެ. މިއީ މުޅިން ވެސް، ކުދިން އަމިއްލަ ހިޔާލުގެ މައްޗަށް، އަމިއްލަ އަށް ތައްޔާރުކޮށްގެން ނެރުނު އުފެއްދުންތަކެކެވެ. 

މިއަހަރު މުޅިން އަލަށް ފެށި މި ފެއާގެ ހުރިހާ ކަމެއް ކުރިއަށްދިޔައީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ ބެލުމުގެ ދަށުން،  ކުދިން ކުރިއަށް ނެރެގެންނެވެ. އިވެންޓް ހުށަހެޅުމުގައި ހަރަކާތްތެރިވެފައިވަނީ މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ ފަރާތުން އިސްނެގި ދެ ދަރިވަރުންނެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ، އަމިއްލަ ވިޔަފާރިއެއް އުފައްދައި ކުރިއަރުވަމުން އަންނަ 17 އަހަރުގެ ޝަޒްވް ޝަބާއު އެވެ. ސްޓޯލްތައް ތައްޔާރުކުރުމާއި އެތުރުމާއި، އެތަންތަނުގެ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހަރަކާތްތެރިވީ ސްޓޯލްތަކުގެ ކުދިންނެވެ. 

މި ފެއާއާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަން، ނިޢުމާތު ޝަފީޤް ވިދާޅުވީ، މި ފެއާގެ އެންމެ ބޮޑު މަގުސަދަކަށްވީ, ކުޑަކުދިންނަށް އަމިއްލަ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާއިން އަގުހުރި ފިލާވަޅުތަކެއް ދަސްވާ ގޮތަށް, އެދާއިރާއިން އެކުދިންގެ ހުރި ހުނަރާއި ގާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެ މަގްސަދު, މި ފެއާ މެދުވެރިކޮށް ވަރަށް ފުރިހަމަ އަށް ހާސިލުވި ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ މަޖާ، ޝައުގުވެރި މާހައުލެއްގައި ކުދިންނަށް އެކުދިންގެ ނަފްސް  ތަރައްގީކުރުމަށް ދެވުނު ފުރުސަތެއް. އެހެންކަމުން ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ދުވަހެއްގައި، މިއީ މި ދުވަހާ ވަރަށް ގުޅޭ، ވަރަށް މުނާސަބު ހަރަކާތެއް،" އެކަމަނާ ވިދާޅުވި އެވެ. 

ޔަންގ އެންޓަޕްރެނިއާ ފެއާގެ މިއަހަރުގެ މެއިން ޕާޓްނަރަކީ ދިރާގެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި މިމެނެނީ މާލެ ސިޓީ ކައުންސިލާއި އެސްޓީއޯ އެވެ. އަދި ޕްރިންޓިންގ ޕާޓްނާ އެމް ސެވަން ޕްރިންޓް، އަދި ގިފްޓް ޕާޓްނާ ކޮކީގެ ފަރާތުން ވެސް މި ފެއާ ކުރިއަށް ގެންދިއުމުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.  