ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުޅުދުއްފުށި ސިޓީގައި ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ބާއްވައިފި

Children’s Ombudsperson’s Office holds awareness programs in Kulhudhuffushi City

22 Aug 2022 - 17:38

22 އޯގަސްޓް 2022 - 17:38

-

ޗިލްޑްރަސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުޅުދުއްފުށި ސިޓީގައި ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން 2022 އޮގަސްޓް 19 ވަނަ ދުވަހުގެ ހަވީރުވަނީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރުންނަށް އިންސާނީ ޙައްޤުތަކާއި، ކުޑަކުދިންގެ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ އަދި އިންސާނީ ޙައްޤުތަކަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުމަށް ކްލަބް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

މި ޙަރަކާތްތަކުގެ ތެރޭގައި 2022 އޮގަސްޓް 19 ވީ ހުކުރު ދުވަހުގެ ރޭ ހދ.އަތޮޅު ތައުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލްގެ ބެލެނިވެރިނަށް ހޭލުންތެރިކުރުމުގެ ސެޝަންއެއް ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. މި ސެޝަންގައި 'ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން' ނަގާނެ ގޮތާއި، ކުޑަކުދިންގެ ހައްޤުތަކާއި ޒިންމާތަކަށް ބެލެނިވެރިން އަހުލުވެރިކުރުވުމުގެ އިތުރުން ކުޑަކުއްޖެއްގެ ޙައްޤެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެކަން ރިޕޯޓް ކުރެވޭނެ އިދާރާތައް އަންގައިދީފައިވެއެވެ.

މީގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ 'ކުދިންގެ ރައުޔު' ސިލްސިލާ ފޯރަމްގެ ދެވަނަ ފޯރަމް ހދ.އަތޮޅު ތައުލީމީ މަރުކަޒުގައި 2022 އޮގަސްޓް 20 ވަނަ ދުވަހުގެ ވަނީ ބާއްވާފައެވެ. ހދ. އަތޮޅުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އެއްދުވަހުގެ މި ފޯރަމްގައި 14 ސްކޫލަކުން 131 ދަރިވަރުން ބައިވެރިވިއެވެ. މި ފޯރަމަކީ ކުދިންގެ ޚިޔާލާއި އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށް ބާއްވާ ފޯރަމެކެވެ. މިގޮތުން މި ފޯރަމްގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުލޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާއި ދީފައިވެއެވެ.