ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ގދ. ތިނަދޫގައި ކުރިއަށް ގެންގޮސްފި

Child rights awareness activities Conducted in Gdh. thinadhoo

18 Mar 2023 - 00:42

18 މާޗް 2023 - 00:42

Children's Ombudsperson’s office held child rights awareness activities in Gdh. Thinadhoo. The activities began on March 17, 2023, with a session aimed at the parents of schools in Gdh. Thinadhoo. The session was led by Children's Ombudsperson Niumaath Shafeeq and provided information on how to take a "child proactive decision" and how to adapt children to their rights and responsibilities.

The fourth forum of "Kudhinge Rauyu" was held on March 18, 2023, at Gdh. Atoll Education Centre. A total of 101 students from nine schools in Gdh. atoll participated in the forum. These comprise students from Fiyori School, Gdh. Atholhu Madharusaa, Gdh. Atoll Education Center, Hodehdhoo School, Huvadhoo School, Madaveli School, Nadella School, Rathafandhoo School, and Vaadhoo Jamaluddin School.

Kudakudhinge Rauyu Forum is an initiative to elicit children’s views on issues related to them, to express their views on matters about them and how they perceive things, and to make them aware of the rights and responsibilities of children. The forum was targeted at students aged between 14–18 years. At the forum, the students discussed and role-played 10 different topics related to child rights. In role plays, children expressed their views on a variety of issues related to them.

 

The forum has already been held in three different parts of the country. In 2022, the forum was held for students of Addu City, and students of Hdh. atoll, and students of Fuvahmulah City. A total of 330 students were provided with various information related to child rights and responsibilities through the forums in 2022.

 

In addition, on March 18, 2023, an awareness session titled 'Practicing Child Rights' was held for the school teachers in Gdh. atoll. A total of 46 teachers from 11 schools in Gdh. atoll participated together in the session. Recognizing the vital role played by teachers in advocating the rights of children, this program focused on protecting and promoting those rights in light of the existing policies and procedures within the education system. Also, in promoting the concept of "best interest of the child," the program highlighted the basic principles of the child rights-based approach and how it can be integrated into everyday practice and also promoted the adoption of a proactive approach in terms of early identification of child rights issues.

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ގދ. ތިނަދޫގައި ކުރިއަށް ގެންގޮސްފިއެވެ. ގދ. ތިނަދޫގައި ކުރިއަށްގެންދިޔަ މި ހަރަކާތްތައް ފެށިގެން ދިޔައީ 17 މާރިޗު 2023 ގައި ގދ.ތިނަދޫގެ ސްކޫލްތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަން އިންނެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤް، ނަންގަވައިދެއްވި  މި ސެޝަންގައި "ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން" ނަގާނެ ގޮތާއި، ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުމާގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވިއެވެ.

 

މި ހަރަކާތްތަކުގެ ތެރެއިން، 18 މާރިޗު 2023 ގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ "ކުދިންގެ ރައުޔު" ސިލްސިލާ ފޯރަމްގެ 4 ވަނަ ފޯރަމް ވަނީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ގދ. އަތޮޅުގެ 9 ސްކޫލަކުން ޖުމްލަ 101 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ފިޔޯރީ ސްކޫލުގެ ދަރިވަރުންނާއި، ގދ. އަތޮޅު މަދަރުސާގެ ދަރިވަރުން، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން، ހޯނޑެއްދޫ ސްކޫލްގެ ދަރިވަރުން، ހުވަދޫ ސްކޫލްގެ ދަރިވަރުން، މަޑަވެލީ ސްކޫލްގެ ދަރިވަރުން، ނަޑެއްލާ ސްކޫލްގެ ދަރިވަރުން، ރަތަފަންދޫ ސްކޫލްގެ ދަރިވަރުންގެ އިތުރުން ވާދޫ ޖަމާލުއްދީން މަދަރުސާގެ ދަރިވަރުން ހިމެނެއެވެ.

ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމް އަމާޒުކުރެވިފައިވަނީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. މި ފޯރަމުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައި ވެއެވެ. އަދި ކުދިން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންތަކުގައި އެކުދިންނާއި ގުޅޭ އެކި ކަންކަމުގައި ކުދިންގެ ޙިޔާލާއި މަޝްވަރާ ހިއްސާކޮށްފައި ވެއެވެ. 

ކުދިންގެ ރައުޔު ފޯރަމް މީގެ ކުރިންވެސް ރާއްޖޭގެ ތިން ސަރަހައްދަކަށް އަމާޒުކޮށް ވަނީ ބާއްވާފައެވެ. އެގޮތުން 2022 އަހަރުވަނީ އައްޑޫ ސިޓީގެ ދަރިވަރުންނަށާއި، ހދ.އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށާއި، ފުވައްމުލައް ސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން މި ފޯރަމް ބާއްވާފައެވެ. އެގޮތުން 2022 އަހަރު ޖުމްލަ 330 ދަރިވަރުންނަށް ވަނީ މި ފޯރަމް މެދުވެރިކޮށް ކުޑަކުދިންގެ ހައްޤުތަކާ ގުޅޭ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދެވިފައެވެ.

މީގެ އިތުރުން 18 މާރިޗު 2023 ގައި ގދ. އަތޮޅުގެ ސްކޫލްތަކުގެ ޓީޗަރުނަށް އަމާޒުކޮށްގެން "ޕްރެކްޓިސިންގ ޗައިލްޑް ރައިޓްސް" ގެ ނަމުގައި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޙާއްސަ ސެޝަނެއްވަނީ ބާއްވާފައެވެ. މި ސެޝަނުގައި ގދ. އަތޮޅުގެ ޖުމްލަ 11 ސްކޫލެއްގެ ޓީޗަރުންވަނީ ބައިވެރިވެފައެވެ. މި ސެޝަނުގެ ތެރެއިން "ބެސްޓް އިންޓްރެސްޓް އޮފް ދަ ޗައިލްޑް"، "ޗައިލްޑް ރައިޓްސް ބޭސްޑް އެޕްރޯޗް" އަދި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންގުރި ޤާނޫނުތައް އަދި ތައުލީމީ ދާއިރާގައި ކުޑަކުދިންނާ ގުޅޭގޮތުން ހަދާފައިވާ އެކިއެކި އުސޫލްތަކާ ބެހޭގޮތުން  މައުލޫމާތު ފޯރުކޮށްދީ އެކަން ޢަމަލީގޮތުން ބޭނުންކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވުނެވެ.