ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ލ އަދި ނ އަމާންވެއްޓަށް އޮޑިޓް ޒިޔާރަތެއް ކޮށްފި!

Children's Ombudsperson's Office visited L and N Amaanveshi to carry out audits.

18 Sep 2023 - 10:00

18 ސެޕްޓެމްބަރ 2023 - 10:00

Children's Ombudsperson's Office visited L and N Amaanveshi to carry out audits.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބުމަށް ލ.ފޮނަދޫ އަދި ނ. މަނަދޫގައި ގާއިމްކޮށްފައިވާ އަމާންވެއްޓަށް 13 އިން 14 އަށް ސެޕްޓެންބަރު 2023 އަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ޒިޔާރަތްކޮށްފިއެވެ. މި ޒިޔާރަތުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤުގެ އިތުރުން މި އޮފީހުގެ ކޮމްޕްލަޔަންސް އެންޑް އެންފޯސްމަންޓް އަދި މޮނިޓަރިން އެންޑް އިވޭލުއޭޝަން ޑިޕާޓްމަންޓުން ބައިވެރިވިއެވެ. 

މި ޒިޔާރަތްތަކުގައި ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާގުޅޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ އެންމެހާ ހައްގުތަކާއި ރައްކާތެރިކަމުގެ އިތުރުން، ގަވާއިދު ނަންބަރު: 2020/R-69 (އޯލްޓަރނެޓިވް ކެއަރގެ ޚިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު) ގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަވެފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތްވަނީ ކުރެވިފައެވެ. މިގޮތުން ކުރިއަށް ގެންދިފައިވާ މި ޗައިލްޑް ރައިޓްސް އޮޑިޓަށް ބޭނުންވާ މައުލޫމާތު ހޯދާފައިވަނީ، މަރުކަޒުގައި ބަލަހައްޓާ ލިޔެކިޔުންތައް ބަލައި، މަރުކަޒު ހުންނަ އިމާރާތް މިންކޮށް، އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ އިންޓަރވިއުކުރުމަށްފަހުގައެވެ. 

މި އޮޑިޓުން ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރެއިން ވަގުތުން ވަގުތަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން މުހިންމުކަންކަން މިހާރުވަނީ ހިއްސާކޮށް، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައެވެ. މީގެ އިތުރުން އިސްލާހުކުރުމަށް މުހިންމުކަމުގައި އޮޑިޓުން ފާހަގަކުރެވިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހުށަހެޅުންތަކާއެކު އެކުލަވާލާ ރިޕޯޓްތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ. އަދި ހިއްސާކުރާކަންކަން ތަންފީޒުކުރާ މިންވަރު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ގަވާއިދުންދާނީ މޮނިޓަރކުރަމުންނެވެ.